ކުޅިވަރު
މާވަށު އިންޓަ އޮފީސް ފުޓްސަލް ޗެމްޕިއަންކަން ޕޮލިހުން ހޯދައިފި

ލ. މާވަށު ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޕޮލިސް ހޯދައިފިއެވެ.

Ads by Lozano

މާވަށު ޕޮލިހުން ޗެމްޕިއަންކަން ހޯދީ ރޭ މާވަށު ފުޓްސަލް އޭރީނާގައި ކުޅުނު ފައިނަލް މެޗުގައި 12-3 އިން މާވަށު ސްކޫލް ބަލިކޮށްގެންނެވެ.

ބޮޑު ތަފާތަކުން މާވަށު ޕޮލިހުން ރޭގެ ފައިނަލް މެޗު ކާމިޔާބުކުރި އިރު، އެޓީމުގެ ތިން ކުޅުންތެރިޔަކު ވަނީ ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ. އެއީ އާދަމް ވަޖީހާއި އަހުމަދު އަޒްލާން އަލީ އަދި ހުސައިން މައިޝާން (މައްކި)އެވެ. އޭގެ ތެރެއިން ވަޖީހާއި މައްކި ހެޓްރިކް ހެދިއިރު، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަޒްލާން ވަނީ ހަތަރު ގޯލު ޖަހައިފައެވެ.

ސްކޫލް ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު މުހައްމަދެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ޝާއިރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • އާދަމް ވަޖީހު / ޕޮލިސް
  • އަހުމަދު މުއާޒް / ޕޮލިސް (ގޯލްކީޕަރު)
  • ހުސައިން މައިޝާން (މައްކި)/ ޕޮލިސް
  • އަހުމަދު އަޒްލާން އަލީ/ ޕޮލިސް
  • މުހައްމަދު ޝާއިރު/ ސްކޫލް

މުބާރާތުގެ ފައިނަލް މެޗަށްފަހު އެކިއެކި މަގާމުތަކަށް ތަށްޓާއި ހަނދާނީލިޔުން ދީފައިވާ އިރު، ފެއާ ޕްލޭ ޓީމަކީ މާވަށު ހެލްތު ސެންޓަރެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top