ޚަބަރު
އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް: ސައީދު
އެކޮނޮމިކް މިނިސްޓަރު ސައީދު ---

ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Lozano

ސައީދު މިއަދު ކުރެއްވި “އެކްސް” އެއްގައި އޭނާ އެހެން ވިދާޅުވީ އިންޑިއާއިން ފިޔާ ބޭރުކުރުން އަންނަ އަހަރުގެ އޭޕްރީލާ ހަމައަށް މަނާކުރުމާ ގުޅިގެންނެވެ.

އިންޑިއާއަކީ ދިވެހި ރާއްޖެއަށްވެސް އެންމެ ގިނައިން ފިޔައި އެތެރެކުރާ ގައުމެވެ. އަދި މީގެ ކުރިން އެގައުމަށް ކުރާ ތޫފާނީ ވިއްސާރައިގެ އަސަރުންވެސް ރާއްޖޭގައި ބޮޑުތަނުން ފިޔައިގެ އަގު އުފުލޭކަން ފާހަގަވެފައިވެއެވެ.

އިންޑިއާއިން ފިޔާ އެތެރެ ނުކުރެވޭނެ ކަމަށް ބެލެވިފައި އޮތުމުން އެކަމަށް ސައީދު ވިދާޅުވީ އަސީސާ ބާވަތްތައް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށާއި، ރާއްޖޭގެ އެކުވެރި ގައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަން ދޭ ކަމަށެވެ.

“ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް. ރާއްޖެއާ އެކި ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކިދުވަސްވަރު ހިނގާކަންކަން،” ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްމެ އިސްކަން ދެއްވާ  އެއް ސިޔާސަތަކީ ރައްޔިތުންގެ ފްޑް ސެކިއުރިޓީއެއް ގާއިމުކުރުން ކަމަށާއި، އެކަންކާމިޔާބު ކުރާނީ ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާއެކުގައި ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top