ޚަބަރު
މަސްވެރިންގެ ޝަކުވާތައް ސަރުކާރާ ހަމައަށް: ގުންޒަރު ފަށައިފި
މަސްވެރިންގެ ގުންޒަރުގެ ތެރެއިން --- ފޮޓީ/ ފިޝަރީސް މިނިސްޓްރީ

މަސްވެރިންގެ ހިޔާލާއި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރަން ބާއްވާ މަސްވެރިންގެ ގުންޒަރު ފަށައިފިއެވެ.

Ads by Lozano

މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ކުރިއަށް ގެންދާ ގުންޒަރު، އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މިއަދު ހެނދުނު 09:00 އިން ހަވީރު 17:00 ގެ ނިޔަލަށް މީރުމާ އިވެންޓްސް ހޯލްގައައި ކުރިއަށްދާ ގުންޒަރުގައި ގާތްގަނޑަކަށް 40 އަކަށް މަސްވެރިންނާއި، މަސްވެރިކަމުގެ އެކިއެކި ޖަމިއްޔާތަކާއި، އެ ސިނާއަތުގެ ހިއްސާ ދާރުންވެސް ދަނީ ބައިވެރިވަމުންނެވެ.

މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުން ވެސް ގުންޒަރުގައި ކުރިއަށް ދާނެއެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް މަސްވެރިންގެ ހިޔާލު ހޯދުން ވެސް ގުންޒަރުގައި އޮންނާނެއެވެ.

އޭގެ އިތުރުން، ކަޅުބިލަމަހުގެ އެމް.އެސް.ސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއ،ި ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ލ. އަތޮޅަކީ މަސްވެރިކަން ބޮޑު އަތޮޅެކެވެ. އެ ސިނާއަތް ކުރިއަށްވުރެ ބޮޑަށް މިހާރު މަޑު ޖެހިފައިވާ އިރު، ވޭތުވެދިޔަ ސަރުކާރުތަކުން މަސްވެރިންނަށް އިހުމާލުވާކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top