ޚަބަރު
ފެނަކަ ހިތަދޫ އަދި މުންޑޫ ބްރާންޗަށް ސްޓޭޝަން މެނޭޖަރުން ހޯދަނީ
ފެނަކަ ހިތަދޫ ބްރާންޗް ---

ލ. ހިތަދުއާއި މުންޑޫގައި ހިންގަމުންދާ ފެނަކް ބްރާންޗުގެ އޮފީސްތަކަށް ސްޓޭޝަން މެނޭޖަރުން ހޯދަން އިއުލާނުކޮށްފިއެވެ.

Ads by Lozano

 

ރާއްޖޭގެ 35 ރަށެއްގައި ހިންގާ ފެނަކަ ކޯޕަރޭޝަންގެ އޮފީސްތަކަށް ސްޓޭޝަން މެނޭޖަރުން ހޯދަން އިއުލާނު ކޮށްފައިވާ އިރު، އެ އިއުލާނު ކޮށްފައި ވަނީ މިދިޔަ ހަފުތާއެވެ. އޭގެ ތެރޭގައި ލ. އަތޮޅުން ހިމެނެނީ ހިތަދުއާއި މުންޑޫގެ ބްރާންޗްތަކެވެ.

ފެނަކައިން ވަކިވަކި ރަށްރަށުގައި ގާއިމްކޮށްފައިވާ ބްރާންޗްތަކަށް މެނޭޖަރުން ހޯދަން އިއުލާނު ކުރުމަށްފަހު ބުނެފައި ވަނީ، އެ މަގާމުގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. މުސާރައިގެ އިތުރުން އެލަވަންސްތައް ވެސް ކަނޑައަޅާފައިވެއެވެ.

  •  ސާވިސް އެލަވަންސް – މުސާރައިގެ 40 ޕަސެންޓް
  •  ހާޒިރީ އެލަވަންސް – މުސާރައިގެ 20 ޕަސެންޓް
  •  އިތުރު ގަޑީގެ އެލަވަންސް – މުސާރައިގެ 40 ޕަސެންޓް

ފެނަކައިގެ އެކި ބްރާންޗްތަކަށް ނަގާ މެނޭޖަރުންގެ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ފަހެއްގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހިމެނެއެވެ. ނުވަތަ އިތުބާރު ހުރި ކުންފުންޏެއްގައި އެފެންވަރުގެ ވަޒީފާއެއްގައި 12 އަހަރުގެ ތަޖުރިބާ އޮންނަން ވާނެ ކަމަށް އިއުލާނުގައިބުނެއެވެ. ނޫނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހައެއްގެ ސަނަދެއް ހާސިލް ކުރުމާއެކު މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި ނުވަ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ފެނަކައިން ވަނީ މާދަމާގެ ނިޔަލަށް އެމަގާމަށް ކުރިމަތިލާން ހުޅުވާލައިފައެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި، ފެނަކައިގެ ސްޓޭޝަން މެނޭޖަރުގެ މަގާމުތައް ދީފައި ވަނީ ސިޔާސީ ވަޒީފާގެ ގޮތުގައެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top