ވިޔަފާރި
ފިޔާގެ ސްޓޮކް މަދުވެ އަގު ރަނަށް: ބަސްތާއެއް 900 އަށް އަރައިގެން ދަނީ!

ފިޔާ ލިބުން ދަތިވުމާއެކު، ބަސްތާއެއް ވިއްކާ އަގު  ބޮޑުތަނުން މައްޗަށް ގޮސްފިއެވެ.

Ads by Lozano

މާލޭގެ ހޯލްސޭލް ފިހާރަތަކުން މިއަދު ކުއްލިއަކަށް ފިޔާގެ އަގު ބޮޑުކޮށްފައި ވަނީ އިންޑިއާއިން އަންނަ އަހަރުގެ މެދާ ހަމައަށް، އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމާއެކުގައެވެ. ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ގައުމަކީ އިންޑިއާއެވެ. ނަމަވެސް އެ ގައުމުންވަނީ ވަކި ގައުމެއް އިސްތިސްނާ ކުރުމެއް ނެތި، އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އަންނަ މާޗު މަހުގެ ނިޔަލަށް ހުއްޓައިލައިފައެވެ.

ފިޔާ ބަސްތާއެއްގެ އަގު މީގެ ކުރިން 300 އާއި 400 ރުފިޔާއާ ދެމެދު ހޯލްސޭލް ފިހާރަތަކުގައި ހުރި އިރު، އެ އަގު މިއަދު ވަނީ 800، 900 ރުދިޔާއަށް އުފުލިގެން ގޮސްފައެވެ. ވިޔަފާރިވެރިން ބުނި ގޮތުގައި އަގު މައްޗަށް ޖެހެމުންދަނީ މިހާރު ހުރި ސްޓޮކް ދަށްވުމުގެ އިތުރުން، ފިޔާ އެތެރެކުރަން އިތުރު ގޮތެއް ހޯދަން ޖެހިފައިވުމާއެކުގައެވެ.

ފިޔައަކީ ޒަރޫރީ ގޮތުން ދިވެހީންގެ ކެޔުމަށް ބޭނުންކުރާ ބާވަތަކަށްވީ އިރު، އެފަދަ އެއްވެސް ބާވަތެއްގެ މުދަލެއް އެެތެރެ ކުރުމުގައި ދަތިކަމެއް ނެތް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top