ކުޅިވަރު
ދެވަނަ މެޗުންވެސް މޮޅުވެ، އަނގޮޅި އެސްސީއާއި ފަތްމިނި އެސްސީ ފައިނަލަށް

އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގައި ކުޅުނު ލީގު ބުރުގެ ދެވަނަ މެޗުތައްވެސް ކާމިޔާބުކޮށް، އަނގޮޅި އެސްސީއާއި ފަތްމިނި އެސްސީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Ads by Lozano

ދަނބިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު އަންހެން ހޭންޑްބޯލް މުބާރާތް 2023 ރޭ ފެށީ ޖުމުލަ ހަތަރު ޓީމާއެކުގައެވެ. އެ މުބާރާތުގެ ލީގު ބުރުގައި ރޭ ފުރަތަމަ ކުޅުނީ އަނގޮޅި އެސްސީއާއި ޓީމް ޗެމްޕިއަން ކޭބީއެވެ. އެ މެޗު، 7-2 އިން ކާމިޔާބުކުރީ އަނގޮޅި އެސްސީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނގޮޅު އެސްސީ އައިޝަތު އިނާން ޝަރީފެވެ.

ދެވަނައަކަށް ރޭ ކުޅުނު މެޗުގައި ފަތްމިނި އެސްސީން އަނގޮޅި ކުއީސް ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ފަތްމިނި އެސްސީގެ ފާތިމަތު ޒައިނާ ހަސަނެވެ.

ދަނބިދޫ ކައުންސިލްގެ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިރޭ އޮންނާނެއެވެ. މިރޭ އޮންނަ ފުރަތަމަ މެޗުގައި އަނގޮޅު ކުއީންސް ވާދަކުރާނީ ޗެމްޕިއަން ކޭބީއާ ދެކޮޅަށެވެ. އަނގޮޅި އެސްސީ ނުކުންނާނީ ފަތްމިނި އެސްސީއާ ދެކޮޅަށެވެ.

ކައުންސިލް ހޭންޑްބޯލް މުބާރާތުގެ މެޗުތައް ދަނބިދޫ ކައުންސިލް ފޭސްބޫކް ޕޭޖުން ވަގުތުން ލައިވް ކުރާނެއެވެ. މީޑިއާ ޕާޓްނަރަކީ “ލާމް ޓޭލްސް”އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top