ޚަބަރު
އިހަވަންދިއްޕޮޅުގައި އަޅާ ޓްރާންޝިޕްމެންޓު ބަނދަރެއް ލ. އަތޮޅަކަށް ބަދަލެއް ނުކުރަން، ދެ ތަނުގެ މަސައްކަތްވެސް މުހިއްމު: ސައީދު

ބަންކަރިންގެ ހިދުމަތާއެކު ޓްރާންޝިޕްމެންޓު ބަނދަރެއް ގާއިމު ކުރުމަށް އިހަވަންދިއްޕޮޅުގައި ވޭތުވެދިޔަ ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓާލަން ގަސްދު ނުކުރާ ކަމަށާއި، ލ. އަތޮޅު ގާދޫގައި ތަރައްގީ ކުރާ ޓްރާންޝިޕްމެންޓް ބަނދުރުގެ މަސައްކަތްވެސް މުހިއްމުކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Lozano

ރާއްޖޭގެ އެންމެ އުތުރަކީ އެތައް ކާގޯ ބޯޓު ފަހަރެއް ހުރަސް ކުރާ ހިސާބަަަކަށްވެފައި، އިހަވަންދިއްޕޮޅުގައި، ތެޔޮ ސްޓޯރޭޖެއް އުފައްދައި، ބަންކަރިންގެ ހިދުމަތް ފައްޓަވަން، ގަތަރުގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދޭތޯ، ސުވާލުކުރަން އެކޮނޮމިކް މިނިސްޓަރު ސައީދު، މިއަދު މަޖީލީހަށް ހާޒިރުކޮށްފައި ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ސަލީމް ސުވާލުކުރެއްވުމުގައި ވިދާޅުވީ އިހަވަންދިއްޕޮޅުގެ ބަނދަރު ހުއްޓާލެއްވީތޯ، ނޫނީ ލ. ގާދުއަށް އެ ޕްރޮޖެކްޓް ބަދަލުކުރެއްވީތޯއެވެ. އަދި ސަރުކާރުން ބޮޑަށް އިސްކަން ދޭނީ ކޮން މަޝްރޫއަކަށްތޯވެސް ސަލީމް އެއްސެވިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދެ ތަނުގެ މަސައްކަތް މުހިއްމު ކަމަށާއި، އެއްވެސް ޕްރޮޖެކްޓެއް ބަދަލުނުކުރައްވާ ކަމަށެވެ.

“ޔަގީންކޮށް މިއަރުވަނީ، އަޅުގަނޑުމެންގެ ޕްރިއޯރިޓަކީ، ދެ ސަރަހައްދުގައިވެސް މަސައްކަތް ކުރިއަށް ގެންދިޔުން. އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަން އޮތް މަސައްކަތެއް، ލ. އަތޮޅަކަށް ބަދަލެއް ނުކުރާނަން. ލ. އަތޮޅުގައި ކުރިއަށް ގެންދަން އޮތް މަސައްކަތެއް އިވަހަންދިއްޕޮޅަކަށް ބަދަލެއް ނުކުރާނަން،” ސައީދު ވިދާޅުވިއެވެ.

ހުވަދު އަތޮޅާއި އާއި ލާމު އަތޮޅު ދެމެދުގައި ހުވަދޫ ކަނޑަކީ ގިނަ އަދަދެެއްގެ އާގު ބޯޓުތައް ދަތުރުކުރާ ވަން އެންޑް ހާފް ޑިގްރީ ޗެނަލެވެ. އެ ޗެނަލުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ތެޔޮ އެޅޭ ގޮތަށާއި އެހެން ބައެއް ހިދުމަތް ދެވޭ ގޮތަށް ގާދޫ ތަރައްގީ ކޮށް، އެ ރަށާއި ފޮނަދުއާ ދެމެދު އޮތް ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top