ކުޅިވަރު
ރާއްޖޭގެ ޗެމްޕިއަން، ގަން ފުޓްސަލް ޓީމުގެ ސްޕޮންސާޝިޕަށް ހުޅުވާލައިފި

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިފަހަރު ވާދަކުރާ ލ. ގަމު ފުޓްސަލް ޓީމުގެ ސްޕޮންސާޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Lozano
ގަން ފުޓްސަލް ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެކިއެކި ސްޕޮންސާޝިޕް ސްލޮޓްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަ ޕެކޭޖުތަކެއް ހަދާފައިވާ ކަމަށްވެސް ޕޯސްޓްގައިވެއެވެ.

ގަމު ޓީމުގެ ސްޕޮންސާއަށް ހުޅުވާލި ޕެކޭޖުތައް

  • ގޯލްޑް ސްޕޮންސާ
  • ސިލްވާ ސްޕޮންސާ
  • ބްރޯންޒް ސްޕޮންސާ
  • ބެވަރެޖް ޕާޓްނާ
  • ސްޕޯޓްސް ޕާޓްނާ

ގޯލްޑަން ފުޓްސަލް ޗެލެޖެންޖް 2024 އަންނަ ޖެނުއަރީ 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، މިއީ ލ. އަތޮޅުން އެންމެ ގިނަ ޓީމުތައް މުބާރާތުގައި ބައިވެރިވި ފަހަރެވެ.

މިފަހަރު ލ. އަތޮޅުން ޖުމުލަ ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، އަތޮޅު ބުރު ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެންމެފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގެ ޗެމްޕިއަންކަން ގަމުން ހޯދީ، ފައިނަލުގައި ގދ. ވާދޫ ބަލިކޮށްގެންނެވެ.

ގަމު ޓީމުގެ ސްޕޮންސާޝިޕަށް ގުޅާނެ ނަންބަރުތައް: 9994570، 9336663

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top