ސިޔާސީ
އެމްޑީޕީން ކުއްލި މައްސަލަ ހުށަހެޅީ މެޑަމް ސާޖިދާއަށް ފުރައްސާރަ ކުރަން: އެމްޕީ ސިރާޖު
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަނީ ---

ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީ އާއެކު ހަދާފައިވާ އެގްރިމެންޓަކީ ގަވާއިދާ ހިލާފު އެގްރިމެންޓެއް ކަމަށް ބުނެ އެ އެއްބަސްވުން އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަކީ، މެޑަމްއަށް ފުރައްސާކުރަން އެމްޑީޕީން ހުށަހެޅި މައްސަލައެއް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Ads by Lozano

ދާންދޫ ދާއިރާގެ މެމްބަރު ޔައުުގޫބު އަބްދުﷲ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ގާނޫނު ހިންގުން ކޮންމެ މީހެއްގެ މައްޗަށް ހަމަހަމަ ވެެގެންވާނެ ކަމަށާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު އެންމެނަށް ލިބުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރައްވަމުން ގެންދެވުމަށް ސާޖިދާ، އެކަމަނާގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ހަތަރު އަހަރުގެ ނޯޕޭ ލީވްއެއް ނަންގަވައިގެން ހާއްސަ އުސޫލަކުން ސާޖިދާއަށް ކޮންޓްރެކްޓެއް ދީފައިވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ 28،000 އަށްވުރެ ގިނަ މުވައްޒަފުންގެ ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް އެ ކުއްލި މައްސަލާގައި ވަނީ ގޮވާލައްވައިފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ބުނީ ސާޖިދާ ހެލްތް މިނިސްޓްރީ އާއެކު ހަދާފައިވާ އެގްރިމެންޓަކީ ހާއްސަ އުސޫލަކުން ހަދާފައިވާ އެގްރިމެންޓެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަމުން ސިރާޖު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން ނުފޫޒެއްގައި ޖެހިގެން އުޅޭ ވާހަކަ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރަރު ތެދުވެ ދެއްކުމަކީ ލަދުވެތި ވާހަކައެއް ކަމަށެވެ.

“މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރަރު ތެދުވެމ ސިވިލް ސާވިސް ކޮމިޝަން ސިޔާސީ އޮއެވަރެއްގައި ޖެހިގެން އުޅޭ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް. ސިވިލް ސާވިސް މެމްބަރުންނަށް ރުހުންދެނީ މި ރައްޔިތުންގެ މަޖިލީހުން، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި. ކޮމިޓީގެ މުގައްރިރަކީވެސް އެމްޑީޕީ މެމްބަރެއް. މުޅި ކޮމިޓީ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި. ސިވިލް ސާވިސް ކޮމިޝަން ސިޔާސީ އޮއިވަރެއްގައި ޖެހިގެންނޭ ކިޔާފައި ކުއްލި މައްސަލައެއްގައި ތަޅުމުގައި ވާހަކަ ދެއްކީމައި އެނގޭ، މިއީ ކަނޑައެޅިގެން އިހުލާސްތެރިކަމެއް ނެތި، މެޑަމް ސާޖިއާއަށް ފުރައްސާރަ ކުރުމަށް ހުށަޙަޅާފައިވާ މައްސަލައެއްކަން،” ސިރާޖު މަޖިލީހުގައި ވިދާޅުވިއެވެ.

ސާޖިދާ ސިވިލް ސާވިސްގައި އަދާ އަދާކުރައްވަމުން ގެންދެވި މަގާމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުކަމުގެ މަގާމެވެ. ސާޖިދާ މަސައްކަތުގައި ދެމި ހުންނަވަން ބޭނުންފުޅުވާތީ، ނޯ ޕޭ ލީވްއެއް ނަންގަވައި، މިހާރު ވަނީ އެއްބަސްވުމެއް ހަދާފައެވެ. އެއްބަސްވުން ހަދާފައިވަނީ މަހަކު 40 ގަޑިއިރުގެ ހިދުމަތް ލިބޭ ގޮތަށް، އުޖޫރައެއްގެ ގޮތުގައި ގަޑިއަކު 75 ރުފިޔާގެ އުޖޫރައެއް ކަނޑައަޅައިގެންނެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top