ޚަބަރު
ރާއްޖޭން ބަރަހަނާ ސައިޓްތަކަށް ނުވަދެވޭގޮތް ހަދައިފި

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފިއެވެ.

Ads by Lozano

ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓިއަށް ސަރުކާރުން އަންގައިގެންނެވެ. އެ އެންގުމާއި ގުޅިގެން މިފަދަ ސައިޓުތައް ރާއްޖޭގެން ބްލޮކޮށްފައިވާއިރު، މިއީ މިފަދަ ނިންމުމަކަށް ރާއްޖޭން އަމަލު ކުރާ ފުރަތަމަ ފަހަރެވެ.

ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ވެސް އަދި ސަރުކާރުން ވެސް މިހައިތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ވަންނަ 20 ވެބްސައިޓްތަކުގެ ތެރޭގައި ބަރަހަނާ 3 ވެބްސައިޓްވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރަން ގިނަ ބަޔަކު ގޮވާލި ނަމަވެސް, ކުރީގެ ސަރުކާރުތަކުން ދިޔައީ އެކި ބަހަނާ ދައްކަމުންނެވެ. އަރަބި އިސްލާމީ ހުރިހާ ޤައުމެއްގެ އިތުރުން އަވައްޓެރި އިންޑިއާގައި ވެސް ބަރަހަނާ ވެބްސައިޓްތައް ހުންނަނީ ބްލޮކްކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top