ކުޅިވަރު
ބައްސާމް އެފްއޭއެމް ރައީސްކަމުގެ ބާރު ދޫކޮށްލައިފި، އިންތިހާބަށް ނުނުކުންނާނެ
ބައްސާމް --- ފޮޓޯ/ ޕީއެސްއެމް ނިއުސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މައްސޫލިއްޔަތުތަކުން ބައްސާމް އަދީލް ޖަލީލް ދުރަށް ޖެހިލައި، އަންނަ ޖެނުއަރީ މަހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.

Ads by Lozano

އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއްވި ބަޔާނެއް މެދުވެރިކޮށް ބައްސާމް ވިދާޅުވީ، އަންނަ އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަނުކުރައްވާނެ ކަމަށާއި މި ވަގުތަށް އިންތިހާބުގެ ކަންކަން އޮމާންކޮށް ކުރިއަށް ގެންދަވަން، ނައިބު ރައީސް މަގާމާ ޒިންމާތައް ހަވާލުކުރައްވާފައިވާ ކަމަށެވެ.

ބައްސާމް ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށާއި، އެކަން ހާސިލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރި ކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެފްއޭއެމްގައި ހޭދަކުރި ދައުރުގައި އެތައް ކާމިޔާބަކާއި އެތައް ނާކާމިޔާބީއަކާ ކުަރިމަތިލާން ޖެހުނު ކަމަށާއި ފުޓްބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވީނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި، ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހު 31 ގައެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top