ޚަބަރު
ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފި
ދިވެހި ޙައްޖުވެރިން އުޚުދުގެ މައިދާނުގައި -- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ހައްޖަށް ގެންދިއުމަށް މީހުންގެ އަތުން ނަގާ އަގު ކޮންޓްރޯލް ކުރުމަށް، ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފިއެވެ.

Ads by Lozano

އެގޮތަށް ނިންމާފައިވަނީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައެވެ. މިހާރު ކަންކުރަމުންދާ އުސޫލަކީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބައެއް ބިޑް އުސޫލުން އެންމެ ދަށް އަގެއް ހުށަހަޅާ އަމިއްލަ ކުންފުނިތަކަށް ދަނީ ދޫކުރަމުންނެވެ. އެ ގޮތަށް ދޫކުރުމުން ބޮޑު އަގުގައި ކޯޓާ ވިއްކާ މައްސަލަ އަބަދުވެސް އޮވެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެއޮފީހުގެ ޗީފް ސްޕޯކްސްޕާސަން، މުހައްމަދު ޝަހީބް ވިދާޅުވީ، މިގޮތަށް ނިންމާފައިވަނީ ހައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީވެފައިވާތީ އެފަދަ ފަރާތްތަކަށް އަވަހަށް ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމުމާއި އެކީ އާންމު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޝަހީބް ވިދާޅުވިއެވެ.

“ހައްޖު ކޯޓާގެ ގޮތުން އާންމުގޮތެއްގައި އަހަރެއްގެ މައްޗަށް މި ލިބެނީ 1000 ކޯޓާ. އެހެން ކަމުން މި އަދަދު އެއްކޮށް ސީދާ ހައްޖު ކޯޕަރޭޝަނަށް ދެއްވާ ގޮތަށް މިހާރު މިވަނީ ނިންމަވާފަ.” ޝަހީބް ވިދާޅުވިއެވެ.

މިފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާއިރު، އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މީގެ ކުރިން ވަނީ ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގައި ބައެއް ކުންފުނިތަކުން ބޮޑު އަގާ ނަގާ ކަމަށް ބުނެ އެކަން ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު ޙައްޖު ކޯޕަރޭޝަަނުން ޙައްޖަށް ފޮނުވަމުން ދަނީ 69.000 ރުފިޔާއަށެވެ. އެ ކުންފުނިންދަނީ ޙައްޖަށް މީހުން ދިއުމަށް ދައްކަން ޖެހޭ އަގު ތިރިކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1000 ކޯޓާ ލިބުނުއިރު، އޭގެ ތެރެއިން 270 ކޯޓާ ދީފައިވަނީ އަމިއްލަ ކުންފުނިތަކަށެވެ. އަމިއްލަ ކުންފުނިތަކަށް ދިން ކޯޓާތަކަށް ބޮޑެތި އަގުތައް ނަގާ މައްސަލަ މީގެ ކުރިން އެތައް ފަހަރަކުވަނީ ފެންމަތިވެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top