ޚަބަރު
ޒަކާތުގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ޒަކާތު ހައުސް އުފައްދައިފި

ރާއްޖޭގައި ޒަކާތާ ގުޅޭ އެންމެހާ ކަންތައްްތައް ކުރިއަށް ގެންދަން “މޯލްޑިވްސް ޒަކާތު ހައުސް”ގެ ނަމުގައި ވަކި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

Ads by Lozano

އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އޭގެ އިތުރުން, ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ރައީސް މުއިއްޒު ވަނީ އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފެއްދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުން ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.ކާތުގެ ގޮތުގައި ދައްކާ ފައިސާއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މީހާގެ ޒަކާތް ލިބޭ މީހުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ވެސް އެ އިދާރާ ބޭނުމެކެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top