ޚަބަރު
އުރީދޫ “ފަން ރަން” އަންނަ އަހަރު ލާމަށް އަންނަނީ!

ރާއްޖޭގައި ބާއްވާ އެންމެ މަޖާ، އަދި އެންމެ ބޮޑު އެއް ދުވުން ކަމަށްވާ “އުރީދޫ ފަން ރަން” ގެ ރީޖަނަލް “ފަން ރަން” އަންނަ އަހަރު ލ. އަތޮޅުގައި ބާއްވަން ނިންމައިފިއެވެ.

Ads by Lozano

އިއްޔެ ހަވީރު ހުޅުމާލޭގައި އުރީދޫ ފަން ރަން 2023 ބާއްވާފައިވާ އިރު، އެ އިވެންޓް ޝަރަފުވެރިކޮށްދެއްވީ  ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، ހުސައިން މުހައްމަދު ލަތީފާއި ލާމު އަތޮޅުގެ ކައުންސިލް ރައީސް، އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

 

އުރީދޫ ފަން ރަން 2023 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި ބާއްވަން ނިންމާފައިވާކަން އިއުލާންކޮށް، އިފްތިތާހުކޮށް ދެއްވާފަވެއެވެ.

އެކަން އިއުލާނުކޮށް، ރަމްޒީ ހަނދާނީ ފިލައެއް ދިވެހިރާއްޖޭގެ ނައިބު ރައީސާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ، ލ. އަތޮޅުގެކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފައިވެއެވެ.

އިއްޔެ ކުރިއަށް ދިޔަ މި ރަންގައި ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު، ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި، ކުލަ އާއި އޮބްސްޓެކަލަސް އަފި މަޖާ ފޯމް ޕާޓީ އެއް ފެނިގެންދިޔައެވެ. މީގެ އިތުރުން މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕް ގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާ، ފަން ރަން ގެ މެޑަލް ދައްކާލައި، ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ފޮޓޯތައްވަނީ ވަނީ ހިއްސާ ކޮށްފައެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top