ޚަބަރު
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަނުކޮށްފި
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ އިސްވެރިޔާ ކަމަށްވާ, ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އައްޔަނުކޮށްފިއެވެ.

Ads by Lozano

ސުޖާއުއަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހަވާލުކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕޮލިސް ކޮމިޝަނަރު އައްޔަނު ކުރަނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ބޯޑުން ލަފާ ދިނީ އެ މަގާމަށް ޝުޖާއު އައްޔަނު ކުރުމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށެވެ. އެ މަގާމަށް ނަން ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ މީގެ 26 އަހަރު ކުރިން ޑިސެމްބަރު, 1997 ގައެވެ. ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ޝުޖާއު ހުންނެވީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެންމެ އިސްވެރިޔަކަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަމީދު ނޮވެމްބަރު 15 ގައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top