ޚަބަރު
ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓައެއް ނުލާ – މިނިސްޓަރ އަސްވާޑް
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) -- ފޮޓޯ: ރައީސް އޮފީސް

ނޫސް މަޖައްލާ ރެޖިސްޓްރީ ކޮށްދިނުމުގެ ކަންކަން ހުއްޓާލާފައި ނުވާކަމަށް މިނިސްޓާ އޮފް ޔޫތު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

Ads by Lozano

އަޝްވާޑު މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީން ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވަމުން މިއަދު ކުރެއްވި “އެކްސް” އެއްގައެވެ.

ރާޖެ ޓީވީން ގެނެސްދިން ހަބަރެއްގައި ބުނެފައިވަނީ ނޫސް މަޖައްލާ ރެޖިސްޓްރީކުރުން މި ސަރުކާރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އަސްވާޑު ވިދާޅުވީ، އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި މިހިނގާ ޑިސެމްބަރު މަހުގައި ވެސް 6 ނޫހެއް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ.

އަޝްވާޑު އިތުރަށް ވިދާޅުވީ މިހާރުވެސް ދެ ނޫހެއް ރެޖިސްޓްރީ ކުރުމުގެ މަރުހަލާގައި އޮތް ކަމަށެވެ. އަދި މިއަދުވެސް “މާދަމާ” ކިޔާ ނޫހެއް ރަޖިސްޓްރީ ކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ކަންކަމާ ގުޅޭގޮތުން ވާހަކަތަކެއް ފެތުރިފައި މިވަނީ ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓެއް ބްލޮކް ކުރުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އާންމުންނާއި އެކި ފަރާތްތަކުން ކުރިމަތިވި ޕްރެޝަރުތަކުގެ ސަބަބުން އޭގެ ތެރެއިން އެއް ވެބްސައިޓަށް ވަދެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top