ޚަބަރު
ކިޔަވާ ކުދިންގެ ކާޑު ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ނިންމައިފި

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ޑޮލަރު ނެގޭ އަދަދު 1200 ޑޮލަރަށް އިތުރު ކުރަން ނިންމައިފިއެވެ.

Ads by Lozano
މިއަދު ސަރުކާރުން ހާމަކުރީ ބޭރުގައި އުޅޭ ދިވެހި ރައްޔިތުން ޑޮލަރު ލިބުމުގެ ދަތިތަކުގެ ވާހަކަ ޖުމްލަ ގޮތެއްގައި މަޝްވަރާ ކުރެވި، މަރުހަލާ ތަކަކަށް ބަހާލައިގެން އެކަމަށް ހައްލު ހޯދުމަށް ކެބިނެޓްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ދިވެހި ކިޔަވާ ކުދިންނަށް މައްސަލަ ހައްލުކޮށްދޭން، ކުރިން  750 ޑޮލަރުގައި ހުރި ކާޑް ލިމިޓް، 1200 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ފަރާތުން މިއަދު ވިދާޅުވިއެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަމާ ގުޅިގެން ނިންމަން ޖެހޭ ކަންކަން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލާއި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ނިންމުމުގެ މަސައްކަތް ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top