ޚަބަރު
ކެންސަރު ހޮސްޕިޓަލް ގަމުން ބީވެގެން ދިޔުމުން، ވިޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި

ލ. ގަމުގައި އެމްޑީޕީ ސަރުކާރުން ގާއިމްކުރަން މަސައްކަތްކުރި ކެންސަރު ހޮސްޕިޓަލް، މާލޭގައި އަޅާ ގޮތަށްށް ބަދަލުކުރަން ނިންމުމުން ގަމު ދާއިރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިޝާމް (ސަންޕަތު) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Lozano

ކެންސަރު ހޮސްޕިޓަލަކީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖޭގައި ލައިން އޮފް ކުރެޑިޓުގެ ދަށުން އަޅައިދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ހޮސްޕިޓަލެކެވެ. އެމްޑީޕީ ސަރުކާަރުގައި ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް، ދިރާސާތައްވެސް ކޮށްފައިވެއެވެ. އެ ދިރާސާތަކަށް ދެލައްކައަށްވުރެ ގިނަ ފައިސާވެސް ހަރަދުކޮށްފައިވާ އިރު، ސަރުކާރު ނިމިގެން ދިޔައިރުވެސް އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. އެ މައްސަލައިގައި މީގެ ކުރިން ރައްޔިތުންވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ސަރުކާރުގެ ސިއްހީ ވަޒީރު، ޑރ. އަބްދުﷲ ހަލީލް ދާދިފަހުން ވިދާޅުވީ ކެންސަރު ހޮސްޕިޓަލް މާލޭގައި އަޅަން ނިންމާ، ގަމުގައި އަޅާނީ މެންޓަލް ހޮސްޕިޓަލެއް ކަމަށެވެ. އެކިއެކި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް ގަމުގައި އެޅުމަކީ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ ވާހަކަ ސިއްހީ ވުޒާރާއިން އިއުލާނުކުރުމުން، އެކަމާ ދެކޮޅަށް ވިޝާމް ނެރުނު ބަޔާނެއްގައި ވިދާޅުވީ  ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލު ކުރުމަކީ އަތޮޅު ތެރޭގެ ތަރައްގީއަށް ސަރުކާރުން އިސްކަން ނުދިނުމުގެ ނިޝާނެއް ކަމަށެވެ.

އަދި އޭގެ އިތުރުން އޭނާ ވިދާޅުވީ، ގަމުގައި ހޮސްޕިޓަލް އަޅަން ފީސިބަލްތޯ ބަލައި، އެކަމަށް ހަދަން ޖެހޭ ރިޕޯޓުތައް ނިންމާ، މިހާރު އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާ ކަމަށެވެ. އެ ހާލަތުގައި ކަންކަން އޮއްވާ، ކުއްލިއަކަށް ބޮޑު ބަދަލެއް ގެންނަން ނިންމުން ކުށްވެރިކުރައްވާ ކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top