ޚަބަރު
ހައްޖުވެރިންނަށް ޓްރެކިން ޑިވައިސްއެއް ދެނީ
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ފޮޓޯ: ދެން އިމޭޖަސް

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހައްޖަށްދާ ކޮންމެ ހައްޖާޖީއެއްގެ ލޮކޭޝަނެއް ޓްރެކް ކުރެވޭނެ ޓްރެކިންގް ޑިވައިސްއެއް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by Lozano

ޕީއެސްއެމްގެ ‘ރާއްޖެމިއަދު” ޕްރޮގްރާމުގައި ހައްޖުގެ ތައްޔާރީތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ، ކޮންމެ މީހަކަށް ޓްރެކިން ޑިވައިސްއެއް ދެވޭނެ ކަމަށާއި، ހައްޖުގެ އަޅުކަމުގެ ތެރެއިން އަމިއްލައަށް އެމީހަކަށް އެ ހުރެވުނު ސަރަހައްދެއް ނޭންގޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޑިވައިސްގެ ބަޓަންއަކަށް ފިއްތާލުމުން، އެ ކޯޕަރޭޝަނުގެ ސިސްޓަމަށް އެމީހަކު ގެއްލިގެން އުޅޭކަން ފާހަގަވެގެން ދާނެ ކަމަށެވެ.

“އެބޭފުޅަކު އަމިއްލަފުޅަށް އެ ހުރެވޭ ތަނެއް ނޭންގޭ ހާލަތެއް އައިސްފިނަމަ، ޑިވައިސްގެ ބަޓަންއަކަށް ފިތާލީމަ އަޅުގަނޑުމެންގެ ސިސްޓަމްތެރެއިން އިނގޭނެ އެބޭފުޅާ މިހާރު މިއުޅެނީ ގެއްލިގެންކަން. އެބޭފުޅާ އެ ހުންނެވި ތަނެއް، ސީދާ ލައިވް ލޮކޭޝަން ހޯދާލެވޭ ވަރުގެ ނިޒާމެއް މިވަނީ ގާއިމްކުރެވިފަ،” ޝަކީލް ވިދާޅުވިއެވެ.

ޝަކީލް އިތުރަށް ވިދާޅުވީ، މި ނިޒާމަކީ ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހައްޖަށްދާ ފަރާތްތައް ގެއްލި، ބައެއް ފަހަރު ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ނިޒާމެއް ކަމަށެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top