ޚަބަރު
ފަތުރުވެރިކަމުން ބަޖެޓަށް 6 ބިލިއަން ޑޮލަރު ވަންނާނެ: ފައިސަލް
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް --

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން 2027 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ބަޖެޓަށް ފަތުރުވެރިކަމުގެ ސިނާއަތުން 6 ބިލިއަން ޑޮލަރު ވަންނާނެކަމަށް ގަބޫލު ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

Ads by Lozano

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރެއްވުމަކީ ރައީސް މުއިއްޒު ވަރަށް އިސްކަން ދެއްވާކަމެއް ކަމަށެވެ.

އަދި މިހާރު ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތުގެ ބަޖެޓަށް ވަންނަނީ 4.5 ބިލިއަން ޑޮލަރު ކަމަށާއި ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން އެ އަދަދު 2027 ވަނަ އަހަރު ނިމެންވާއިރަށް 6 ބިލިއަން ހެދޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އާންމުކޮށް ދިވެހިރާއްޖޭގެ ބަޖެޓަށް ޓޫރިޒަމް ސެކްޓާއިން މި ކޮންޓްރިބިއުޓް ކުރަނީ 4.5 ބިލިއަން ޑޮލަރު. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަސް ވަރަށް އުންމީދު އެބަ އޮތް 2027 ނިމެންވާއިރަށް 6 ބިލިއަނެއްހާ ޑޮލަރު ދިވެހި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަށް ކޮންޓްރިބިއުޓް ކުރާނެކަމަށް.” މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މިހަރު ކުރަމުން ގެންދާ ކަންކަމަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ އަދަދު އިތުރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top