ޚަބަރު
ސަމާލުވޭ: ކުރިއަށް އޮތް 5 ދުވަހު ކަނޑުތައް ވަރަށް ގަދަވެ، އުދައަރާފާނެ

ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވެ، އުދައަރާފާނެ ކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ.

Ads by Lozano

މެޓް އޮފީހުން މިއަދު ބުނީ މާދަމާ ރެއިން ފެށިގެން ރާއްޖެ ސަރަހަށްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ. އަދި މި ގަދަ ކުރިއަށް އޮތް ފަސް ދުވަހަށް ދިގުދެމިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހަށްދަކަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާޥެނެ ކަމަށާއި، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުުރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން މި ދުވަސްވަރު ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top