ޚަބަރު
ލ. އަތޮޅުގެ މިނިސްޓަރުން ހިމެނޭ ކެބިނެޓެއް!

އާ ސަރުކާރު ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ބައެއް މިނިސްޓަރުންގެ މައުލޫމާތު މީޑިއާއަށް ތިލަވެއްޖެއެވެ.

Ads by Lozano

ރާއްޖޭގެ އާ ރައީސުލްޖުމްހުރިއްޔާ ކަމުގެ ހުވާ، މުއިއްޒު މިމަހުގެ 17 ވަނަ ދުވަހު ކުރައްވާއިރު، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ބޭފުޅުންގެ މައުލޫމާތުތައް މީޑިއާއަށް ތިލަވީ މީގެ ދެ ދުވަސް ކުރިންނެވެ. އެ މަގާމުތަކާ ބެހޭ ގޮތުން ބައެއް ޓީވީ ޕްރޮގްރާމްތަކުގައިވެސް މުއިއްޒާ ސުވާލުތައް ކުރިމަތިކުރުވާފައިވާ އިރު، އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން 90 ޕަސެންޓް މައުލޫމާތު ތަކަކީ ތެދު މައުލޫމާތުތަކެއް ކަމަށެވެ. މިހާރު ދަނީ ކެބިނެޓް އެކުލަވާލެއްވުމުގެ އެންމެފަހު މަރުހަލާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރީ ސަރުކާރުތަކުގައި ރާއްޖޭގެ ބޮޑެތި އެހެން ސަރަހައްދުތައް ކަމަށް އައްޑު އަތޮޅާއި ފުވައްމުލަކުގެ އިތުރުން ތިނަދުއާއި ކުޅުދުއްފުށި ފަދަ ހިސާބުތަކުން މިނިސްޓަރުން އެކުލެވޭ ނަމަވެސް، ލ. އަތޮޅުގެ މިނިސްޓަރެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެ ސަގާފަތް ކުރިއަށް އޮތް ރިޔާސީ ދައުރުގައި ބަދަލުވެގެންދާނެ ކަމަށް އިންތިހާބުގެ ކެމްޕޭން ތެރޭގައިވެސް ބެލެވުނެވެ. އެއީ މިފަހަރުގެ ކޯލިޝަން ރިޔާސީ ކެނޑިޑޭޓް އިންތިހާބަށް ނެރުއްވުމުގައި، އަދި ހޮއްވެވުމުގައިވެސް އެންމެ އަރިސްކޮށް އުޅުއްވީ، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، ލ. ފޮނަދޫ އަރާއިރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށްވާތީއެވެ.

އަދުރޭގެ ސިޔާސީ މޭސްތެރިކަމުގެ ދަށުގައި މުއިއްޒުގެ ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައްވާ މިހާރު ސިޔާސީ އެންމެ މަތީފަޑީގައި އޭނާ ހުންނެވި އިރު، އަދުރޭއަކީ މިނިސްޓަރު ފެންވަރުގައި ރައީސްގެ އެޑްވައިޒަރަކަށް އައްޔަން ކުރައްވާނެ ފަރާތެއް ކަމަށް “ލާމުއެޓޯލް އެމްވީ”އަށް ވަނީ ކަށަވަރު ވެފައެވެ. އޭގެ އިތުރުން އޭނާގެ ދަރިފުޅަކީވެސް މިނިސްޓަރުކަމުން ފެންނާނެ މޫނެކެވެ. އަދުރޭގެ އެންމެ ދޮށީ ދަރި، މުހައްމަދު ފައިސަލް މުއިއްޒުގެ ކެބިނޭޓްގައި ހިމެނޭ އިރު، އޭނާއަކީ ޓޫރިޒަމް މިނިސްޓަރަކަށް އަންނާނެ ބޭފުޅާއެވެ.

ދެން މުއިއްޒުގެ ކެބިނެޓުން ޖާގަ ހޯދާ ލ. އަތޮޅުގެ ފަހުވެރި ދަރިއަކީ ފައިނޭންސިންގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކޮށް، މިއަތޮޅުގެ އެންމެ ފުރަތަމަ ޑރ، ޑރ. މުހައްމަދު ޝާފީގެވެ. މީގެ ކުރިން ފައިނޭންޝިއަލް ލީސިން ކޮމްޕެނީގެ ސީއެފްއޯގެ މަގާމާއި އެކިއެކި ބޭންކްތަކުގެ އިސް މަގާމުތައްވެސް ޝާފީގު ފުރުއްވާފައިވާ އިރު، އޭނާއަކީ ފޮނަދޫގެ ސިޔާސީ މަސްރަހުންވެސް މީގެ ކުރިން ފާހަގަކޮށްލެވުނު އިލްމީ ބޭފުޅެކެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top