ޚަބަރު
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް މިއަހަރު ތަފާތު ވަރުގަދަވާނެ!

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތަށް ސްކޫލްތަކުން ތައްޔާރުވާން ފަށައިފިއެވެ.

Ads by Lozano

ލ. އަތޮޅު ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް މިއަހަރު ޑިސެމްބަރު މަހަށް ތާވަލު ކޮށްފައިވާ އިރު، ސްކޫލްތަކުން މިހާރު ދަނީ ޓީމުތައް އެކުލަވާލައި ތަމްރީނުތައް ފަށަން ތައްޔާރުވަމުންނެވެ. އަދި ބައެއް ސްކޫލްތަކުން ޕްލިރިމިނަރީ ސްކޮޑުތަކާއެކު މިހާރު ވަނީ ތަމްރީނުތައް ފަށައިފައެވެ. އެގޮތުން ލ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މިދިޔަ އަހަރުގެވެސް ކޯޗު، މުހައްމަދު އަނަސްއާއެކު މިއަދު ތަމްރީނުތައް ފަށައިފައެވެ.

އަތޮޅު ތައުލީމީ މަރުކަޒުންވެސް ތަމްރީނުތައް ފެށީ، ހަތަރު ހައުސް ވާދަކުރި އިންޓަ ހައުސް ފުޓުބޯޅަ މުބާރާތަށްފަހުއެވެ. އެ މުބާރާތުން ސްކޫލްގެ ސްކޮޑު އެކުލަވާލާފައިވާ އިރު، ހަމަދު ސްކޫލުންވެސް ދާދިފަހުން ވަނީ އިންޓަ ސްކޫލް މުބާރާތް ބާއްވައި ސްކޮޑު އެކުލަވާލައިފައެވެ.

ލ. އަތޮޅު ކައުންސިލުން މުބާރަތަށް ފުރިހަމައަށް ތައްޔާރުވަމުންދާ އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެންނަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރަނގަޅު ފެންވަރަކަށް މުބާރާތް އިންތިޒާމު ކުރުމަށް، ލ ގަމު ޒޯން ސްޓޭޑިއަމްގެ ލައިޓިން ސިސްޓަމް ޓެސްޓް ކޮށްފައިވެސް ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top