ޚަބަރު
ގައްޒާގެ ޝިފާ ހޮސްޕިޓަލުގެ ހިތުގެ ބައި ސުންނާފަތި!

ޔަހޫދީ އިސްރާއީލްގެ ސަހްޔޫނީ އަނިޔާވެރި ދައުލަތުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުވެސް ހައްދުފަހަނައަޅާފައިވާ ހަމަލާތަކެއް ދީފިއެވެ.

Ads by Lozano

އިސްރާއީލުން މިއަދު ވައިގެ މަގުން ގައްޒާގެ މައި ހޮސްޕިޓަލް، އަލް-ޝިފާ ހޮސްޕިޓަލަށް ހަމަލާ ދީ އެންމެ މަދުވެގެން 13 މީހުން ޝަހީދު ކޮށްލާފައިވެއެވެ. މިއަދުވެސް އިސްރާއީލުން ގައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާ ދީފައިވާ އިރު، ޝިފާ ހޮސްޕިޓަލުގެ ހިތުގެ ބައި އެއްކޮށް ކަހަލަ ގޮތަކަށް ބިމާ ހަމަކޮށްލާފައިވެއެވެ.

އިސްރާއީލްގެ ހައްދު ފަހަނައަޅާފައިވާ ސިފައިން، މިފަހަރުގެ ހަނގުރާމަ ފަށައި ގައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާދެމުންދާތާ މިހާރު ވަނީ 37 ދުވަސް ވެފައެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއް ޝިފާ ހޮސްޕިޓަލަށްވެސް ދީފައިވާ އިރު، މިހާރު އެ ހޮސްޕިޓަލް ތެރޭގައި ކަރަންޓުގެ ހިދުމަތުން މަހުރޫމްވެފައިވާ އެތައް ބަޔަކުވެސް އެބަތިއްބެވެ.

އޭގެ އިތުރުން ހޮސްޕިޓަލުން ޒަރޫރީ ހިދުމަތްތައް ނުލިބޭ އިރު، 40 އަކަށް ތުއްތު ކުދިން ޝަހީދުވުމުގެ ބިރުވެސް ވަނީ ހީވެފައެވެ. އަދި ވެންޓިލޭޓަރުތަކުގައި ތިބި ހާލުގައި ޖެހިފާ އެތައް ބަލިމީހުންނެއް ތިބީ ގޮތް ހުސްވެފައެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top