ޚަބަރު
ފުރަތަމަ 100 ދުވަސް: ގާދޫގައި ހަދާ ބަނދަރުގެ މަސައްކަތް ފަށާނެ
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު ހާމަކުރުމުގެ ތެރެއިން -- ފޮޓޯ: ސަން

ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބަންކަރިން ޚިދުމަތް ދެވޭ ގޮތަށް ލ. ގާދޫގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ މަަސައްކަތް ފަށާނެ ކަމަށް އިއުލާންކޮށްފިއެވެ.

Ads by Lozano

މިކަން އިޢުލާނުކޮށްފައިވަނީ ރައީސް މުޢިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ މަސައްކަތްތައް އިޢުލާނުކުރުމަށް “ހަފްތާ 14″ގެ ނަމުގައި ނެރުރު ޕްލޭންގައެވެ. އެގޮތުން، އެކި މަސައްކަތްތައް ކުރުމަށް 100 ދުވަހުގެ ތެރެއިން އެކި މުހުލަތުތައް ދީފައިވާއިރު، ގާދޫގައި ބަނދަރުގެ މަސައްކަތް ފެށުމަށް ދީފައި ވަނީ 100 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ބަނދަރު ހެދުމަކީ އިންތިޚާބީ ރައީސް ރިޔާސީ ކެމްޕޭނުގެ ތެރެއިން ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެވަޑައިގަތް ވައުދެކެވެ.

ގާދޫގެ ވެލާއަރާ ގޮނޑުދޮށަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލ.އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވިއިރު، އެ ލިސްޓުގައި ހިމެނުއްވި އެއް ތަނެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top