ޚަބަރު
ފައިސަލް ސަރުކާރުގެ ދިފާއުގައި: ފުދުންތެރިކަމަށް ރައީސް މުއިއްޒާއެކު ކުރިއަށްދިޔުން މުހިއްމު
ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ރާއްޖޭގެ ހަމަޖެހުމާއި އިގުތިސާދީ ފުދުންތެރިކަމަށް ދިވެހި ރައްޔިތުން ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ކުރިއަށް ދިޔުން މުހިއްމު ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Lozano

ސަރުކާރު ހިންގަމުންދާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންގެ ތެރެއިން ހިޔާލުތަފާތުވުންތަކެއް އުފެދި، އެތެރޭގެ މަސްރަހު މިހާރު އޮތީ ގޯސްވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ޕީޕީއެމްއިން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރަމުންދާ އިރު، އެމަނިކުފާނާ ކުރިން އެންމެ ގާތްކޮށް މަސައްކަތް ކުރި މިހާރު ރައީސް އޮފީހުގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ފަދަ ބޭފުޅުންވެސް ވަނީ އެމަނިކުފާނާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ސަރުކާރުގެ ތެރެއިން ރައީސް ޔާމީނާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ އިރު، މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ ފުދުންތެރިކަމަށް ރައީސް މުއިއްޒާއެކު ކުރިއަށް ދިޔުން މުހިއްމު ކަމަށާއި، މި ސަރުކާރު ގެނައުމުގައި ޒުވާނުންގެ ދައުރުވެސް ބޮޑު ކަމަށެވެ. އަދި ސަރުކާރު ދެމެހެއްޓުމުގައިވެސް ޒުވާނުންގެ ދައުރު މުހިއްމުކަން ފައިސަލް ފާހަގަކުރައްވާފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top