ޚަބަރު
ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމުސީލުކުރާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސައިފިއެވެ.

Ads by Lozano

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ސިރާޖު ހަމަޖައްސައި، އެ ޕާޓީން މިހާރު މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވީ މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެކަމަކު، އޭނާ ވަޒީރުކަމަށް ވަޑައިގަންނަވަން ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ދެން އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހަމަޖެއްސެވީ ފެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒުލް ރަޝީދެވެ. އެކަމަކު، އޭނާ ވެސް ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގަންނަވަން މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ މެމްބަރެއް ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ސިރާޖު އެ ޕާޓީ ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުއެވެ.

މަޖިލީހުގައި މިހާރު ޕީއެންސީ ތަމްސީލު ކުރައްވަނީ ދެ މެންބަރެކެވެ. އެއީ ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top