ޚަބަރު
ވަކި މިވެނި ޕާޓީއެއް އުފައްދައިގެން އަޅުގަނޑުމެންނަކަށް އަސަރެއް ނުކުރޭ: އަބްދުއްރަހީމް
ރޭ ބޭއްވި އިވެންޓްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕީއެންސީ

ވަކި ބަޔަކު ޕާޓީއެއް އުފައްދަން އުޅޭތީ އެކަމާ ނުވިސްނަވާ ކަމަށާއި، އެކަމުގެ އަސަރެއް ޕީއެންސީއާއި ޕީޕީއެމްއަށްވެސް ނުކުރާނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. 

Ads by Lozano

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެހެން ބަޔަކު ޕާޓީ އެފެއްދުމުން އެކަމާ އަސަރެއް ނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއަދުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން ވަރަށް ޖޯޝާއި ފޯރިއާ އެކު ވަރަށް ބާރަށް ކުރިއަށް ގެންދާނަން. ވަކި ބަޔަކު ޕާޓީއެއް އުފައްދައިގެން އެކަމުގެ އަސަރެއް އަޅުގަނޑުމެންނަކަށް ނުކުރޭ،” ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަދުރޭ ރޭ އެހެން ވިދާޅުވިއިރު، ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ގޮންޖެހުންތައް ހުއްޓަސް ޕީއެންސީއާއި ޕީޕީއެމްގެ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް ވިދާޅުވެފައެވެ. އަބްދުއްރަހީމާއި ޑރ. މުއިއްޒު އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރާ ހިތްހަމަ ނުޖެހި އާޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައިވުމާއެކުގައެވެ. 

ޕީއެންސީން ރޭ އާ އޮފީހެއް ރަސްމީކޮށް ހުޅުވު އިރު، އެ އޮފީސް ގާއިމްކުރީ ސީ ޓްރެކްސް ބިލްޑިންގްގެ ހަތްވަނަ ބުރީގައެވެ. 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top