ޚަބަރު
ނިންމުންތައް ނިންމަން ކެރޭނެކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ސާބިތުކޮށްދެއްވައިފި: ސިރާޖު

ރައީސުލްޖުމްޙޫރިއްޔާ ޑރ.މުހަމަދު މުޢިއްޒަށް ނިންމުންތައް ނިންމަން ކެރޭނެކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ސާބިތުކޮށްދީފިކަމަށް ލ.ފޮަނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Ads by Lozano

މޫސާ ސިރާޖު މިއަދު ކުރެއްވި “އެކްސް” އެއްގައި ވިދާޅުވީ ރައީސް ޑރ.މުއިއްޒު ތަފާތު ކަމަށެވެ. އަދި ވީ ވައުދުތައް ފުއްދާނެކަމާއި، ނިންމުންތައް ނިންމަން ކެރޭނެކަމާ އަދި ރައީސްގެ ސުޕީޑް އަވަސް ވާނެކަން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ސާބިތުކޮއްދީފި ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

މޫސާ ސިރާޖަކީ އެމްޑީޕީ ޓިކެޓުގައި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޙާބުގައި އަބްދުއްރަޙީމް އަބްދުﷲ އާއި ވާދަކޮށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި މެމްބަރެކެވެ. އެހެންނަމަވެސް ސިރާޖު އެޕާޓީ ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުއެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމުސީލުކުރާ، މިހާރު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީވެސް މިހާރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top