ރިޕޯޓް
ލާމު ޓޭލްސް: އިނބޭނަށް ލާމު

ލ. އަތޮޅަކީ ހިތްގައިމުކަމުގެ ނަމޫނާ މަންޒިލެކެވެ. އެތައް ބައެއްގެ މިސްރާބު ހިފާފައިވާ އިގުތިސާދީ ކުރިއެރުން ހޯދަމުން އަންނަ ރީތި މަންޒިލެކެވެ. ކޮންމެ ރަށަކުންވެސް ގުދުރަތީ ރީތިކަން ފެންނާނެއެވެ. އިސްދޫން ފެށިގެން، އަތޮޅުގެ އަނެއްކޮޅަށް ގޮސް، މާވަށާ ހަމައަށްވެސް އެ ޗާލުކަން ދެމިގެން ދެއެވެ. ހިތްގައިމު ކުޅިތަކާއި ހަވިއްތަތަކެވެ. ތާރީހީ ލޯމާފާނުގެ ވާހަކަތަކުން ލާމުގެ ސަގާފަތެއް އޮތްކަން ސާފެވެ. މިއަދާ ހަމައަށް އައިއިރު ލާމަކީ ސިޔާސީ، އިޖުތިމާއީ އެތައް ކަމެއް ކޮންމެ ދުވަހަކު ހިނގަމުންދާ އަތޮޅެކެވެ. މިއަތޮޅުން ސަރުކާރުގެ ހިދުމަތަށްވެސް ތައުލީމީ، ޒުވާން ދަރިންތަކެއް ނުކުމެއްޖެއެވެ.

Ads by Lozano

އަޅުގަނޑުމެންގެ މަސައްކަތަކީ ތިޔަ އެންމެ ބޭފުޅުންނަށް ލާމުގެ ހަބަރުތައް، އަދި މުޅި ރާއްޖޭގެ ހަބަރުތައްވެސް ތާޒާ ކަމާއެކު ގެނެސްދިނުމެވެ. ލާމުގެ ވާހަކަ ކިޔައިދިނުމެވެ. ހުނަރުވެރި، ފަންނުވެރި ލާމުގެ ދަރީންގެ ވާހަކަތައްވެސް ގެނެސްދިނުމެވެ. ލާމުގެ ސަގާފަތާއި ތާރީހުގެ ވާހަކަތައްވެސް ހިމެނޭހެންނެވެ. ޖަމިއްޔާ ޖަމާއަތްތަކުގެ އެންމެފަހުގެ މައުލޫމާތު ތަކާއި، އަތޮޅާއި ރަށު ކައުންސިލްތަކުގެ އަދާހަމަވެސް ގެނެސްދިނުމަކީ މަގުސަދެކެވެ. ލާމުގެ މަސައްކަތް، ވަކިއަތަކަށް ބުރަ ނުވެ، މިނިވަން ކަމާއެކު ގެނެސްދޭން އަޅުގަނޑުމެންގެ ނިއުސްރޫމް އޮންނާނެ ކަމުގެ ޔަގީންކަން ދެމެވެ. މިއީ އާފެށުމެވެ. އާވިސްނުމެކެވެ. މިވިސްނުން އިތުރަށް ތަރައްގީކޮށް، ވިޔަފާރިއާއި ލާމުގެ ފަތުރުވެރިކަންވެސް ތަރައްގީވެ ދިޔުމަކީ އެންމެ ބޮޑު އެއް އުންމީދެވެ.

ލާމު ބަހުން ބުނާނަމަ “މިޔޯ އިނބޭންނަށް ލާމު ގެނަހުދޭން ފެށީ މަސައްކަތެވެ”. ﷲގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top