ކުޅިވަރު
ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށަނީ
ދަނބިދޫ އަންހެނުން ހޭންޑްބޯލް ކިޔައިދޭން ބޭއްވި ހާއްސަ ސެޝަނުގެ ތެރެއިން --- ފޮޓޯ/ ދަނބިދޫ ކައުންސިލް

ލ. ދަނބިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަން ތައްޔާރުވެފައިވާ ދަނބިދޫ ލޯމާފާނު އަންހެން ހޭންޑްބޯލް މުބާރާތް 2023 އަންނަ ހުކުރު ދުވަހުގެ ރޭ ފަށަން ތައްޔާރުވެއްޖެއެވެ.

Ads by Lozano

މިއީ ދަނބިދޫގައި ކައުންސިލުން އިންތިޒާމްކޮށްގެން ހޭންޑްބޯލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މުބާރާތް ވެގެންދާނީ ދަނބިދޫއަށް ހޭންޑްބޯލް ކުރިއެރުމަށް ފަހިވެގެންދާ މުހިއްމު ފުރުސަތަކަށެވެ. މުބާރާތުގައި ޖުމުލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު، ބައިވެރިވެފައިވާ ޓީމު ތަކަކީ، ޓީމް ޗެމްޕިއަން، ފަތްމިނި ސކ، އަނގޮޅި ސްޕޯޓްސް ކްލަބް އަދި އަނގޮޅި ކުއީންސްއެވެ.

ދަނބިދޫ ކައުންސިލުން “ލާމު ޓޭލްސް”އަށް މައުލޫމާތު ދީފައި ގޮތުގައި، މުބާރާތް ފުރިހަމައަށް އިންތިޒާމް ކުރުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މިއީ ދަނބިދުއަށް ހޭންޑްބޯލް ފުރިހަމައަށް ތައާރަފް ވެގެންދާނެ މުބާރާތަކަށް ވީ އިރު، ޓީމުތައް އެންމެ ރަނގަޅަށް ތައްޔާރުކުރުމަށް ދަނބިދޫ ކައުންސިލްގެ ފަރާތުން އިސްނަގައިގެން ވަނީ ހޭންޑްބޯލްގެ ގަވައިދުތަކާ ގުޅޭގޮތުން ކަނބަލުންނަށް ހާއްސަކޮށް، ތިއަރީ އަދި ޕްރެކްޓިކަލް ކްލާސް ތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ދަނބިދޫން މިފަހަރު ރާވާފައިވާ ލޯމާފާނު ހޭންޑްބޯލް މުބާރާތަށް އެ ރަށުގެ ތާރީހާ ގުޅުވާލައިގެން ނަން ދީފައިވާ އިރު، ދަނބިދޫގެ ލޯމާފާނަކީ ލާމުގެ ސަގާފަތާ ގުޅިފައިވާ ތާރީހީ ލޯމާފާނެކެވެ.

ކައުންސިލް ހޭންޑްބޯލް މުބާރާތުގެ މެޗުތައް ދަނބިދޫ ކައުންސިލް ފޭސްބޫކް ޕޭޖުން ވަގުތުން ލައިވް ކުރާނެއެވެ. މީޑިއާ ޕާޓްނަރަކީ “ލާމް ޓޭލްސް”އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top