ޚަބަރު
ފިޔާ ލިބުމުގައި ދަތިކަމެއް ނެތް: އަގުބޮޑު ނުކުރޭ!
މާލޭ މަގުމަތީގައި ފިޔާ ބާސްތާއެއް ހިފައިގެން މީހަކު ދަނީ --- ފޮޓޯ/ މިހާރު

އިންޑިއާއިން ފިޔާ ލިބުމުގައި އުނދަގޫތަކެއް ހުރި ނަމަވެސް، ރާއްޖޭގައި ފިޔާ ސްޓޮކް ދަށްވެގެން ނުދާނެ ކަމަށާއި، އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް އެކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Lozano

އިންޑިއާއިން ފިޔާ ބޭރުކުރަން މަނާކުރި ހަބަރާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަނީ “ރަނަށް” އަރާފައިއެވެ. އިއްޔެ ބާޒާރު މަތިން ފިޔާ ބަސްތާއެއްގެ އަގު 900 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ގޮސްފައިވާ އިރު، ވިޔަފާރިވެރިން ބުނީ ސްޓޮކް މަދުވެ، އާ ސްޓޮކް ހޯދަން އުނދަގޫ ކަމަށެވެ. 

އެ މައްސަލައިގައި ރޭ އެކޮނޮމިކް މިނިސްޓްރީން ބަޔާން ނެރެފައިވާ އިރު، ބަޔާނުގައި ބުނީ މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވީނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަޅާފައިނުވާކަމަށެވެ. އަދި ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާއި އެ ވުޒާރާއިން ކުރި މަޝްވަރާތަކުގައި އެފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓްކުރެވޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top