ލައިފް ސްޓައިލް
އިމްތިހާނަށް ތައްޔާރުވާން ކުރެވިދާނެ ބައެއް މުހިއްމު ކަންތައްތައް

އަނެއްކާވެސް ދިރާސީ އަހަރުގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އިމްތިހާނަކާ ކުރިމަތިލާން ތައްޔާރުވެއްޖެއެވެ. އިމްތިހާނަށް ތައްޔާރުވާން ބައެއް ކުދިންނަށް އުނދަގޫތަކާ ދިމާވާ ނަމަވެސް، އެކަމަށް ހައްލު، ނުވަތަ ލުއިއެއް ހޯދޭނެ ގިނަ ކަންތައްތަކެއް ވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ނަމާދުކޮށް، އަޅުކަމަށް ސަމާލުވުމުގެ އިތުރުން ބައެއް އިތުރު ކަންތައް ކުރެވިދާނެއެވެ.

Ads by Lozano
  • ކިޔެވުމަށް އެކަށީގެންވާ ވަގުތު ހޯދުން

ކިޔަވަން ވަގުތު ހޯދަން ޖެހޭނެއެވެ. އެގޮތުން ކިޔެވުމުގެ ޝެޑިއުލެއް ހަދައި، އެންމެ ފަހު ވަގުތަށް އެއްވެސް އެއްޗެއް ދޫކޮށްނުލުން މުހިއްމެވެ. ބައެއް ދަރިވަރުންނަށް އެންމެ ފަހުވަގުތު ކިޔެވުމުން ދަސްވާލަތް ގިނަހެން ހީވި ނަމަވެސް، ގިނަ ފަހަރަށް އޭރުން ދަސްވާނީ ކިޔެވި އެއްޗެއްގެ އެއްބައެވެ. ކުރިއާލައި ތައްޔާރުވުމުގައި، ކިތައް ސަފްހާ ދަސްކުރަން ޖެހޭތޯއާއި، ކިތައް ދުވަސް ދަސްކުރަން ލިބޭތޯ ބަލައި، ތާވަލު ހަދާލައިށެވެ. އެއަށްފަހު ކިޔެވުމުގެ އާދަތައް އެގޮތަށް އިންތިޒާމުކުރުން މުހިއްމެވެ.

  • ފްލޯ ޗާޓްތަކާއި ޑައިގްރާމްތައް ބޭނުންކުރުން

ދިރާސާތަކުން ދައްކާ ގޮތުގައި، އަވަހަށް އެއްޗެހި ދަސްކުރަން ވިޝުއަލް އެއިޑްސް އެހީތެރިވެދެއެވެ. ކިޔެވުމަށް ފަސޭހަކުރުމަށް މައުލޫއެއް ފެށުމުގެ ކުރިން އެ މައުލޫއަކާ ބެހޭގޮތުން ކުރިން އެނގޭ ހުރިހާ އެއްޗެއް ލިޔެލެވިދާނެއެވެ. އެއީ ޑައިގްރަމްތައް ބޭނުންކޮށްގެން ކަމަށްވާނަ، އިމްތިހާނަށް ރިވައިސްކުރަން، ރިވިޝަން ނޯޓްތައް ޑައިގްރާމަކަށް ބަދަލުކޮށްލާށެވެ. ވިޝުއަލް ރިމެބަރެންސްއަކީ އިމްތިހާނަށް ތައްޔާރުވުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.

  • ތިމާގެ ޖަވާބުތައް އެހެން މީހުންނަށް ކިޔައިދިނުން

އާއިލާއާއި ރައްޓެހިންގެ އެހީތެރިކަމާއެކު އިމްތިހާނުން މޮޅުވެވިދާނެއެވެ. ވަކި ސުވާލަކަށް ވަކި ގޮތަކަށް ޖަވާބު ދިނީ ކީއްވެގެންތޯ، އެ ހުރިހާ އެއްޗެއް ކިޔައިދީ ތިބާގެ ވިސްނުން އެމީހުންނާ ހިއްސާ ކުރުމަކީ ދަސްކުރަން އެހީވެދޭނެ ކަމެކެވެ. އެހެންކަމުން އެހެން މީހުންނާ އިންޓަރެކްޓް ކުރުން މުހިއްމެވެ. 

  • ރަނގަޅަށް ކެއުމާއި ނިދުން

ކަސްރަތާއި ކެޔުންވެސް އިމްތިހާނަކަށް މުހިއްމުވާނެއެވެ. އެއީ އިމްތިހާނާ ކޮން ގުޅުމެއް ހުރި ކަމެއްތޯ ސުވާލު އުފެދިދާނެއެވެ. އެހެންނަމަވެސް، އެންމެ މުހިއްމު ކަމަކީ ސިކުނޑީގެ ދުޅަހެޔޮ ކަމެވެ. އެކަމަށް އެންމެ މުހިއްމުވާނީ ރަނގަޅަށް ނިދުމާއި ކެޔުމެވެ. ކެޔުން ބައްޓަން ކުރަންވާނީ ނަޓްސް ކަހަލަ ބައިތައް ހިމެނޭހެންނެވެ. އަދި ކަސްރަތު ކުރަން އެންމެ ރަނގަޅީ ފަތިސް ނަމާދަށްފަހު ލިބޭ ވަގުތުކޮޅުގައެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top