ޚަބަރު
ލާމު ރައީސް އިސްމާއީލް އަލީ, ގަމު ދާއިރާ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި
ލ.އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ފޯމް ހުށަހަޅުއްވަނީ --

ޕްރޮގްރެސިވް ކޮންގްރެސްގެ ގަމު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ލ.އަތޮޅު ކައުންސިލްގެ ރައީސް، އިސްމާއިލް އަލީ މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

Ads by Lozano

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އިސްމާއިލް އަލީގެ ފޭސްބުކު ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސްގެ ގަމު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ފުރިހަމަކޮށް، މިއަދު 11:15 ގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އިސްމާއިލް އަލީ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައިވެސް ވާދަކުރައްވާފައެވެ. އެހެންނަމަވެސް އެފަހަރު އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ވިސާމެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބުގައި ލ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީ ޓިިކެޓުގައި ވާދަކޮށް، އިސްމާއިލް އަލީ ވަނީ އެ ގޮނޑި ކާމިޔާބުކުރައްވާފައެވެ.

އެމްޑީޕީގެ މެމްބަރެއް ގޮތުގައި ލ.އަތޮޅު ކައުންސިލަށް އިންތިހާބުވި އިސްމާއިލް އަލީ އެ ޕާޓީ ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްކަމަށްވާ ޕީއެންސީއާ ގުޅިވަޑައިގަތީ މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުއެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިއަދުއެވެ. މަޖިލިސް ޕްރައިމަރީގައި ވާދަކުރެވޭނީ މިމަހުގެ އެއް ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރެޖިސްޓާވެފައިވާ މެމްބަރުންނަށެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަޑި އަކީ މިމަހުގެ 11 ވަނަ ދުވަހެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top