ޚަބަރު
ޤަވައިދާ ހިލާލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރުމުގެ ޕްރޮގްރާމް -- ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by Lozano

މޯލްޑިވްސް އިމިގްރޭޝަންސް އިން ކުރި “އެކްސް” އެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އެގޮތުން، އެ އިދާރާގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް އިމިގްރޭޝަނުން ހާމަކުރައްވާފައިވެއެވެ.

އެ އޮޕަރޭޝަންގެ ދަށުން، ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ދެނެގަތުމަށްޓަކައި، ބިދޭސީންގެ އައިޑެންޓިޓީ ކާޑު ބަލައި، ފާސްކުރުމާއި ވިސާ ޗެކްކުރާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް އަވަސް ޙައްލެއް ގެންނަން ޖެހިފައިވާ ކަމަށާއި، އިމިގްރޭޝަން ޤާނޫނާއި ޚިލާފުވާ ބިދޭސީން ޤާނޫނުގެ ތަރަހައިގެ ތެރެޔަށް ފެއްތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރާނެކަމަށް އިމިގްރޭޝަން އިން ވިދާޅުވެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top