ވާހަކަ
މަސްތުވެގެން ގޮސް މަންމަ ރޭޕް ކޮށްލި މީހެއްގެ ވާހަކަ

އަނެއްކާވެސް ޙަޤީޤީ ޙާދިޘާއެއް ހިއްސާ ކޮށްލާ ހިތްވީއެވެ.

Ads by Lozano

ޒުވާނެކެވެ. މަސްތުވާތެކެތީގެ ތެރޭގައި އުޅެމުން ދަނިކޮށް އެ ޒުވާނާ ހައްޔަރުކުރެވެނެވެ. އަދި ޙުކުމް އިއްވުމަށްޓަކައި ކޯޓަށް ގެންދެވުނެވެ. ކޯޓުގައި ޤާޟީގެ ކުރިމަތީގައި މައްސަލަބެލުން ކުރިއަށް ދަނިކޮށް ކޯޓުން ބޭރުން އަންހެނަކު އަޑުގަދަކުރަމުން “ނަމަނަމަ އޭނާ ދޫކޮށްނުއްލައްޗޭ” ގޮވަމުން އައިސް ކޯޓުތެރެއަށް ވަންނަން އުޅުނެވެ. އެވަގުތު އެތާނގައި ފާރައަށް ތިބިމީހުން އޭނަ ހުއްޓުވަން އުޅުނެވެ.

ޤާޟީ އޭނާގެ ވާހަކަ އަޑުއެހުމަށް އޭނާ ކޯޓުގެ ތެރެއަށް ވެއްދުމަށް އެދުނެވެ. އެ އަންހެނާ ޤާޟީގެ ކުރިމައްޗަށް ގެނެވުމުން ސުވާލު ކުރިއެވެ. “ތީ ކާކު ހެއްޔެވެ؟”

އެ އަންހެން މީހާ ހަރު އަޑުން ބުނަން ފެށިއެވެ. “ނަމަނަމަ އޭނާ ދޫކޮށް ނުލައްޗެވެ. އޭނާ މަރާލާށެވެ! އަހަރެންނަކީ މިހިރަ ނުލަފާ މީހާ ބަނޑު އަޅައި ވިހޭ މަންމައެވެ. މިހާރު އަހަރެން މީނީ އޭނާގެ ދަރިއަކަށް ބަލިވެއެވެ. މަސްތު ޙާލުގައި ހުރެ ފޭރިގަތީ އަހަރެންގެ ޢިއްފަތްތެރިކަމެވެ. އޭނާ ދޫކޮށް ނުލައްޗެވެ.”

ނިކަން ވިސްނާލާށެވެ! އޭނާ ބަނޑުއަޅައި ވިހޭ މަންމަގެ ޢިއްފަތެރިކަން ފޭރިގަނެ އެ ހަޑިމުޑުދާރު ފާޙިޝް ޢަމަލަށް އަރައިގަތުމުގެ ސަބަބަކަށް ވީ މަސްތުވާ ތަކެއްޗެވެ. އެއީ އެހާވެސް ނުރައްކާތެރި އެއްޗެވެ.

ޢުޘްމާން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ތިޔަބައިމީހުން ބަނގުރަލާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން އެއީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

”މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. އަދި މަސްތުވާ ކޮންމެ އެއްޗެއް ޙަރާމްވެގެން ވެއެވެ. އަދި ދުނިޔެ މަތީގައި ރާ ބޯ މީހާ، އެއަށް ދެވިހިފާފައިވާ ޙާލު، މަރުވާއިރުވެސް އެކަމުން ތައުބާ ނުވެ މަރުވެއްޖެނަމަ، އާޚިރަތުގައި އޭނާ (ސުވަރުގޭގެ) ރަލެއް ނުބޯނެއެވެ.“ (ރިވާކުރެއްވީ މުސްލިމް 2003)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

“ތިމަންކަލޭގެފާނުގެ އަރިހަށް ޖިބުރީލު ޢަލައިހިއްސަލާމް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. އޭ މުޙައްމަދެވެ (ﷺ). ހަމަކަށަވަރުން ރަލަށާއި ރާ ތައްޔާރުކުރާ މީހާއަށާއި، ރާ ތައްޔާރުކުރަން އެދޭ މީހާއަށާއި އެބޯމީހާއަށާއި އެއުފުލައިދޭ މީހާއަށާއި އެމީހަކަށްއެރާ އުފުލޭމީހާއަށާއި ، ރާ ވިއްކާމީހާއަށާ އަދި އެބޯންދޭމީހާއަށާއި އަދި ބޯންދެވޭ މީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލަޢުނަތްލެއްވިއެވެ.”

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top